ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ރަށްރަށުގެ ސޯޝަލް ހައުސިން ދޫކުރަން ޕޮއިންޓު ދޭ އުސޫލު ކަނޑައެޅުމުގެ ބާރު ކައުންސިލުތަކަށް އޮންނާނެ: ރައީސް

12 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދެއްކެވުން، ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ތަރައްގީކުރާ ސޯޝަލް ހައުސިން ޔުނިޓުތައް ދޫކުރުމުގައި އެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް، ގާނޫނުތަކާ ހިލާފަށް ކޮންމެ ރަށަކުންވެސް އެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް ޕޮއިންޓު ދޭނެ އުސޫލު ހެދުމުގެ ބާރު އެ ރަށެއްގެ ކައުންސިލަށް އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިް މިއަދު ތުޅާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތުޅާދޫގައި 100 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގުމަށް ހުޅުވައިލުމުން އެ މަޝްރޫއަށް ބަޔަކު ކުރިމަތިލާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ޕްރިކޮލިފިކޭޝަން މަރުހަލާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަރުހަލާ ނިމުމުން އަގު ހުށަަހެޅުމަށް ހުޅުވައިލާނެކަމަށާއި، އަދި އެއަށްފަހު މަސައްކަތް ހަވާލުކުރެވިގެންދާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. 

ރައީސް ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ނިމުމުން އެ ހައުސިން ޔުނިޓުތައް ދޫކުރުމުގައި ޕޮއިންޓު ދޭނެ އުސޫލު އެކަށައަޅާނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުމާއެކު އެ ރަށުގެ ކައުންސިލުންނެވެ. އެ މިންގަަނޑު ކައުންސިލުން އެކުލަވައިލުމަށްފަހު ހައުސިން މިނިސްޓްރީއަށް ފޮނުވުމުން އެ އުސޫލުގައި ގާނޫނާ ހިލާފު ކަމެއް ނެތްކަން ކަށަަވަރުކުރުމަށްފަހު އެ އުސޫލަށް އަމަލުކުރުމުގެ ހުއްދަ މިނިސްޓްރީން ދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

""ދެން މި މަޝްރޫއުގެ ދަށުން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ރަށުގެ ރައްޔިތުން. މާނައަކީ ރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކީގައި މި ރަށުގެ ހާލަތަށް ރިއާޔަތްކޮށް ކައުންސިލުން ހުށަހަޅާ މިންގަނޑަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ރަށެއްގައި ތަރައްގީކުރާ ހައުސިން ޔުނިޓުތައް ދޫކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ރަށެއްގެ ހާލަތާ އެކަށޭނެ އުސޫލަކަށް ހެދުމެވެ. 

"އަޅުގަނޑުމެންގެ ސިޔާސަތަކީ ހުރިހާ ރަށެއްގައި ވެސް އެ ލޯކަލިޓީއަށް، އެ ރަށެއްގެ ހާލަތު އޮތް ގޮތް އެ ރަށެއްގެ ގެދޮރު ދިނުމުގައި އޮންނަން ވާނީ ރިފްލެކްޓް ކުރެވިފައި. މިންގަނޑު ހެދިފައި އޮންނަން ވާނީ އެ ގޮތަށް ކަމަށް،"

އޭގެ އިތުރަށް ތުޅާދޫގައި އަމިއްލައަށް މީހުން ހިއްކާފައި ހުރި ބިންތައް ބަންޑާރަ ގޯތީގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރައްވައި އެ ގޯތިތައް ހިއްކި މީހުންނަށް މިލްކުވެރިވާ ގޮތަށް ބަދަލުކުރައްވާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު