ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ތުޅާދޫ ކަލްޗަރަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

12 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ތުޅާދޫ ކަލްޗަރަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ބ.ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި އިގުތިސާދި ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ މެދުގައި ސޮއިކޮށްފިއެވެ. 

ތުޅާދޫަގައި ގާއިމުކުރާ ކަލްޗަރަލް ސެންޓަރު ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށް ނިމުނު އަހަރު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އިއުލާނުކުރިއިރު އެ ރަށުގައި މިފަދަ ސެންޓަރެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. 

ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން އެ ރަށުގެ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއި ކަލްޗަރަލް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. 

ކަލްޗަރަލް ސެންޓަރު އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީ ސޮއިކުރެއްވިއިރު، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒެވެ. 

ތުޅާދޫއަކީ އަތްތެރިކަމުގެ މަސައްކަތާއި ދިވެހި ފަންނުވެރިކަމުގެ ހުނަރުވެރިކަމަށް މަޝްހޫރު ރަށެކެވެ. އަދި ލޯކަލް ޓޫރިޒަަމް ކުރިއަރަމުން އަަންނަ ރަށެކެވެ. އެހެންކަމުން އެ ރަށުގައި ގާއިމުކުރެވޭ ކަލްޗަރަލް ސެންޓަރުވާނީ އެ ރަށުގެ އިގުތިސާދީ ހަރަކާތް އިތުރުކޮށް، ރަށުގެ ތަނަވަސްކަމަށް ބޮޑު ހިއްސާއެއް ކުރާނެ މަޝްރޫއަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު