ENGLISH
09 ސެޕްޓެމްބަރު 2025
މުހިއްމު މަޝްރޫއެއް؛ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަތް ގާއިމުކުރަނީ
12 އޯގަސްޓު 2025
|
އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ކުރީގައި ހިއްކުމަށްފަހު އެއްވެސް ހިދުމަތެއް ނުދެވި ހުރި ހިއްކި ބިންތަަކަށް ޔުޓިލިޓީ ހިދުމަތްތައް ދިނުމަށް އަންނަ އަހަރު ބޮޑު މަޝްރޫއެއް ހިންގަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބ.އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވީ އޭދަފުށީގައި ހިއްކާފައި އޮތް ބިމުގައި އެއްވެސް ބޭނުމެއް ނުކުރެވި އޮތް ކަމެވެ. އެ ބިން ބޭނުންކުރަން ބޭނުންވާ ކަރަންޓާއި ފެނާއި މަގުތައް ހެދޭނެ ގޮތެއް އަދިވެސް ނެތްކަަން ފާހަގަކުރައްވައި، މީގް ކުރިން ބިން ހިއްކި ގިނަ ރަށްރަށުގެ ހިއްކި ބިންތައް ހުރީ އެ ހާލަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު، އެ މައްސަލަ ހައްލުކުރުމަަށް އަންނަ އަހަރުގެ ބަޖެޓުގައި އައު ސިޔާސަތުތަކުގެ ތެރޭގައި ހިމަނައިގެން ހިއްކި ބިންތަކަށް ބޭނުންވާ ޔޫޓިލިޓީ ހިދުމަތްތައް ތައާރަފުކުރުމުގެ ގައުމީ މަޝްރޫއެއް ހިންގަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
""އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު މި ހަދަނީ މިކަމަށް ހާއްސަ ޕްރޮގްރާމެއް ހިމަނައިގެން. މި އަންނަ އަހަރުގެ ބަޖެޓު ހަދާއިރުގައި ހާއްސަ ނިއު ޕޮލިސިޓީ އިނިޝިއޭޓިވް ޕްރޮގްރާމެއް އެބަ ހިމަނަން ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ގާއިމް ކޮށްދިނުމާއި އިންފްރާސްޓްރަކްޗާ ގާއިމް ކޮށްދޭން.،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަރައްގީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަރުވާ ރަށްތަކާއި އާބާދީ ބޮޑެތި ރަށްތަކުގައި މިގޮތަށް ހިއްކާފައި ހުރި ބިންތަކުގައި ޔުޓިލިޓީ ހިދުމަތް ގާއިމުކުރުމަށް އިސްކަންދޭނެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަަތް ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ އިސްކަަންދެއްވާ އެއް ރަށަކީ އޭދަފުއްޓަށް ވާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައިވެސް އެ މަސއްކަތް ފެށޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރަށް އޭދަފުށީ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާކަމަށްވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށުގައި ފަށަން ނިންމާފައިވާ 1،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މި އަހަަރުގެ ފަހުކޮޅު ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އަދި އެ 1،000 ހައުސިން ޔުނިޓަކީ އެ ރަށުގެ ރައްޔިތުންގެ އިތުރަށް ތަރައްގީއާއި އާބާދީ އެއްފަސްކުރުމުގެ ވިސްނުމުގެ ތެރެއިން އެ ރަށަށް ހިޖުރަކޮށް ރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށްވެސް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިވާނެ މާލީ ގޮތުން ދެކޮޅުޖެހޭ މަޝްރޫއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.