ENGLISH
09 ސެޕްޓެމްބަރު 2025
އެޗްއާރުސީއެމް އަށް ދެ މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށް
12 އޯގަސްޓު 2025
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންގެ ނަންތައް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފަ އެވެ. އެއީ:
އެ މައްސަލަ ދިރާސާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރުސީއެމްގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ދެ މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް މޫމިނާ ވަހީދުގެ އިތުރުން ކޮމިޝަނަރު އައިމިނަތު ޝިފާތު އަބްދުއްރައްޒާގެ ދައުރު އަންނަ މަހުގެ 8 ވަނަ ދުވަހަށް ހަމަވާތީ އެވެ.