ENGLISH
09 ސެޕްޓެމްބަރު 2025
ތުޅާދޫ އެއާޕޯޓު ތަރައްގީކުރުން އެމްޓީސީސީއާ ހަވާލުކޮށްފި
12 އޯގަސްޓު 2025
|
ތުޅާދޫ އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް
ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުރީ ސަރުކާރުގައި 2023 ވަނަ އަހަރު ތުޅާދޫ އެއާޕޯޓު ތަރައްގީކުރަން ބިން ހިއްކުމަށް އެއްބަސްވުމުގައި ސޮއިކުރިއެވެ. ނަމަވެސް އެ މަސައްކަތް އޮތީ ނުފެށިއެވެ. މި ސަރުކާރުންވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި އިއްޔެ އެމްޓީސީސީއާއެކު ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
ރައީސް ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައުދީއެވެ.
މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ރައީސްގެ ސިޔާސަތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނަވެގެން ބައިގަޑިއިރު ތެރޭ ދަތުރުކުރެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް ރާއްޖޭގެ ދާހިލީ އުދުހުންތަކަށް ބޭނުންކުރާ އެއާޕޯޓުތަކުގެ ވިއުގަ އިތުރަށް ފުޅާކުރުމެވެ.
މި ތަސައްވުރުގެ ދަށުން ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 570,260,350.80 (ފަސްސަތޭކަ ހަަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާއަށެވެ. އަދި 660 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަަތް ނިންމަންޖެހޭ ގޮތަށެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ ހަސަަން ރަޝީދެވެ.
ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާނެ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓު ޤާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.