ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ވައުދު ފުއްދެވުން؛ އޭދަފުށީގައި އިމިގްރޭޝަނުގެ އޮފީހެއް ހުޅުވައިދެއްވައި ޕާސްޕޯޓު ހިދުމަތް އިފުތިތާހުކުރެއްވުން

12 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އޭދަފުށީގައި ގާއިމުކުރި އިމިގްރޭޝަނުގެ އޮފީސް ހުޅުވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައގެންފައިވާ ގޮތަށް ބ.އަތޮޅުގައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅުގެ ވެރިކަންކުރާ ބ.އޭދަފުށީގައި ގާއިމުކުރި އިމިގްރޭޝަންގެ އޮފީސް ހުޅުވައިދެއްވައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް އެ ރަށުގައި އެމަނިކުފާނު އިފުތިތާހުކޮށްދެއްވަައިފިއެވެ. 

ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. 

އޭދަފުށީގައި ގާއިމުކުރި އިމިގްރޭޝަނުގެ އައު އޮފީހުން ހެއްދި ފުރަތަމަ ޕާސްޕޯޓު މިއަދު އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދޫކޮށްފައިވެއެވެ. އެ ޕާސްޕޯޓު ދޫކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. 

ރާއްޖޭގެ ހުރިހާ އަަތޮޅަކުން ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ވެވަޑައިގެންފައިވާަ ވައުދު ފުއްދުމަށް ސަރުކާރުން އަންނަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އެ މަޝްރޫއުގެ ދަށުން މިހާރުވެސް ބައެއް އަތޮޅުތަކުގައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ގާއިމުކުރެވިފައިވާއިރު، އިތުުރު އަތޮޅުތަކުގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

މާލެއަށް ބަރޯސާވުން ކުޑަކޮށް، ސަރުކާރުގެ އަސާސީ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ޕާސްޕޯޓު ހެދުމުގެ ހިދުމަތުގެ އިތުރަށް އައިޑީކާާޑު ހެދުމުގެ ހިދުމަތްވެސް އަތޮޅުތަކުގައި ގާއިމުކުރުމަށް ސަރުކާަރުންދަނީ މަސައްކަަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު