ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޒުވާނުން ބާރުވެރިކުރުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

12 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މުޅި މުޖުތަމަޢު ގުޅިގެން ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރުދުން އެކުގައި ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ޒުވާނުންގެ އަޑުތައް އަހައި، ސިޔާސަތުތައް ކަނޑައެޅުމާއި ނިންމުންތައް ނިންމުމުގައި ބައިވެރިކުރަންޖެހޭ ކަމަށާއި، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރު ތަރައްޤީކުރުމުގައި އެކިއެކި މަޤާމުތަކުގައި ތިބި މީހުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އެ ފަރާތްތަކުން ޒުވާނުންގެ މުސްތަޤުބަލް ބިނާކުރުމަށް ރަނގަޅު ވަސީލަތްތައް ފަހިކޮށްދިނުމަށް އެމަނިކުފާން އެދިވަޑައިގެންފައިވެއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ތަރައްޤީގެ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިކޮށް، އެފަދަ މަސައްކަތުގެ މާޙައުލެއް ބިނާކުރުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު