ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މަޖިލީހުގެ މި ދައުރު އެއް ހަފުތާއަށް ދަންމާލަން ހުށަހަޅައިފި

12 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ  މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ، 20 ވަނަ މަޖިލީހުގެ މި އަހަރުގެ ހިނގަމުންދާ ދައުރު އެއް ހަފުތާއަށް ދަންމާލުމަށް ހުށަހަޅުއްވައިފިއެވެ. 

މިއަދުގެ ޖަލްސާ ފެށުމުގައި މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހު ކަމަށާއި، ޖަލްސާގެ ވޯޓަށް އަހާ ވަގުތު ދައުރު ދަންމާލަން ފެނޭތޯ ވޯޓަށް އަހާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި ހިނގާ ދައުރު ފެށުނީ ޖޫން މަހުގެ ފުރަތަމަ ދުވަހެވެ. އަދި ދައުރު ނިމެން އޮތީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ. ނަމަވެސް، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތަށް، ހަފުތާއަކު ތިން ދުވަހު ގަވާއިދުން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭ ކަމުގެ ކަންބޮޑުވުން ވެސް އޮވެއެވެ.

މީގެ ކުރިން ވެސް ޖަލްސާތައް ބާއްވަން ޖެހޭ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް ކެންސަލްކުރެވިފައިވާއިރު، އޭރު ގިނަ މެންބަރުން ބުނެފައިވަނީ ޖަލްސާ ނުބާއްވަނީ އެޖެންޑާ ކުރާނެ ވަކި މަސައްކަތެއް ނެތުމުން ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ ރިޔާސަތުން އޭރު ވިދާޅުވެފައިވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި، ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މި ހުށަހެޅުމާމެދު މަޖިލީހުގެ މެންބަރުން ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު