ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މިނިވަން ކަމަށް 60 އަހަރު ފުރުން: ހުޅުމާލޭގައި 60 ރުއް އިންދައިފި

11 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދިވެހީންގެ މިނިވަން ކަަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވާ ހުޅުމާލޭ ފޭސް ދޭއްގައި ދިވެހި ރުއް އިންދުމުގެ ހަރަކާތެއް ބޭއްވުން --

ދިވެހީންގެ މިނިވަން ކަަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވާ ހުޅުމާލޭ ފޭސް ދޭއްގައި ދިވެހި ރުއް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އެޗްޑީސީ ގުޅިގެން މިއަދު އޮތް ރަސްމިއްޔާތުގައި 60 ރުއް ވަނީ އިންދާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް ދިވެހި ރުއް ވަނީ ދިވެހިންނާއި ގުޅިލާމެހިފައި ކަމަށެވެ.

ރުއް އާލާކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫން ކަމަށާއި، ރުކުގެ ކޮންމެ ބަޔަކީވެސް ވަކި ޚާއްޞަ ބޭނުންތަކަކަށް ބޭނުންކުރެވޭ ބައިތަކެއްއެކުލެވޭ، ދިރިއުޅުމުގެ މައިބަދަ ފަދަ އެއްޗެއް ކަމަށެވެ. ކުޑައިރުއްސުރެ ދިވެހީންގެ ކެއިންބުއިމާއި، ގެދޮރާއި، އުޅުމާ ގުޅިފައިވާ އެއްޗެއްކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޘަޤާފަތާއި އިޤްތިޞާދީ ނިޒާމުގެ އަސާސީ ބިންގަލެއްގެ ގޮތުގައި " މާދަރީ ރުއް " އަގު ނުކުރެވޭހާ މުހިންމު ދައުރެއް އަދާކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ޤައުމާއި ރުއްގަހާ ދެމެދު ވަނީ ބަދަހި ގާތް ގުޅުމެއް އުފެދިފަ. މިއަދުވެސް ރުކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަސާސީ ދައުރެއް އަދާކުރާ ގަހެއް. ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިޤްތިޞާދީ ނަޒަރަކުން އަދި އަޅުގަނޑުމެންގެ ތިމާވެށީގެ ދާއިރާއިން ބަލާއިރުވެސް ރުކުގެ ދައުރު ނުހަނު ބޮޑުވެފައި ޙައްސާސްކަން ބޮޑު," ވަޒީރު ވިދާޅުވި އެވެ.

ރުކުގެ މޭވާއިން ކާނާ އާއި ބުއިން ލިބޭއިރު، އޭގެ ފަނަކީ ބޯހިޔާވަހިކަމަށާއި، ހިފާގެންގުޅޭ ސާމާނު ތައްޔާރުކުރުމަށް ބޭނުންކުރެވޭ އަގުހުރި ޤުދުރަތީ މަޞްދަރެއް ކަމަށާ ރުކުގެ ލަކުޑިން ނުވަތަ ނިރޮޅު، ގެދޮރު އިމާރާތްކުރުމާއި ދޯނިފަހަރު ބަނުމަށް ބޭނުން ކުރެވޭއިރު މިއީ، ދުވެހީންގެ އެވާލާ މާޒީ އާއި ދިވެހިންގެ އާދަކާދައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބައެއް ކަމަށް ވެސް ވަޒީރު ވަނީ ފާހާގަ ކުރައްވާފަ އެވެ.

ވަޒީރު ވަނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ރުއް އިންދުމުގެ މުހިންމުކަން ދެނެގަނެ، މި މަސައްކަތުގައި އެންމެން ގުޅިގެން ބައިވެރިވުމަށް ގޮވާލައްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރެއް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު