ENGLISH

20 ޖޫން 2026

Advertisement

ބޮޑުކަންނެއްޔަށް ހަމަ އަގު ހޯދައިދެވޭނީ މިފްކޯގެ ބައިވެރިވުމާ އެކު: ރައީސް

20 ޖޫން 2026

|

އައިމިނަތު ޝަފާ

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަނީ. ފޮޓޯ؛ މިފްކޯ

ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދެވޭނީ ސަރުކާރުގެ މަސް ކުންފުނި-- މިފްކޯގެ އިތުރުން މަސްވެރިންގެ ބައިވެރިވުމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު މިފްކޯ އިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ މިފްކޯ އަނބުރައި މި ވިޔަފާރިގެ ތެރެއަށް ގެނައުމަށްކަމަށެވެ. 

"މި ވިޔަފާރި ވަރަށް ބޮަޑަށް ޕްރައިވެޓް ސެކްޓާގެ ތެރޭގައި މި އޮތީ މިފްކޯއަށް ބޮޑު ކަންނެލި ނުގަންނާތީ އެކަމުގެ ނަތީޖާއެއްގެ ގޮތުން. އެކަމުގައި މަސްވެރިންނަށް ވާދަވެރި ބާޒާރެއް ލިބޭނީ ވެސް އަޅުގަނޑު ގަބޫލުުކުރަނީ މިފްކޯ މީގެ ތެރޭގައި ހަރަކާތްތެރި ވެގެން ކަމަށް. އަދި އެންމެ ރަނގަޅު އަގު ދެވޭނީ ވެސް މިފްކޯ އެ ހިސާބަށް ގެންދެވިގެން ކަމަށް، އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ވެސް ބައިވެރިވުމާ އެކީގައި،". ރައީސް ވިދާޅުވިއެވެ.

ބޮޑުކަންނެލި ވިޔަފާރީގެ ތެރެގައި މިފްކޯ ހަރަކާތްތެރިވެގެން ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށްގެންދިޔަ ބޮޑުކަންނެލި އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައިވަނިކޮށް މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އަލުން މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށީ މި އަހަރުގެ ޖަނަވަރީމަހުގެ ތެރެގައެވެ. 

މިފްކޯއިން ބޮޑު ކަންނެލި ކިލޯއެއް ގަންނަ އެންމެ މަތީ އަގަކީ 25 ރުފިޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު