ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

އޭދަފުށިން ރައީސަށް ކުރުފަލީގެ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް

11 އޯގަސްޓު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް އެމަނިކުފާނަަށް ދަންނަވަނީ ހޫނު މަރުހަބާއެއް. ހެނދުނާއި މެންދުރުގެ ހޫނުގަދަ ވަގުތުތަކުގައި އެމަނިކުފާނު ވަޑައިގަންނަވާއިރު ވެސް ރަށްރަށް ރައްޔިތުން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބެނީ ޝައުގުވެރިކަމާއެކު. ނަމަވެސް ބ. އޭދަފުށިން މިއަދު ހަވީރު ފެނުނީ ތަފާތު މަންޒަރެއް. އެ ރަށުން މިއަދު ދެންނެވި މަރުހަބާއަކީ އެ ރަށުގައި ރައީސަށް އޮތް ތާއީދާއި، އެމަނިކުފާނާމެދު އޮތް އިތުބާރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ މަރުހަބާއެއް. ރައީސް ދަތުރުކުރައްވާ ލޯންޗުކޮޅު އޭދަފުށީ ބަނދަރަށް ގާތްކުރިއިރު ލޯންޗުގެ މަތިގެކޮޅުގެ ބޭރުގައި ރައީސާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ވަޒީރުންނާއި ސަރުކާރުގެ ވެރިންގެ ވަފުދުގެ ބައެއް ބޭފުޅުން ތިއްބެވީ އެ ލޯންޗުކޮޅު ކުރިމަތީ އޮތް ދޯންޏެއްގައި ކުރުފަލި ޖަހަމުންދިޔަ މަންޒަރު ބައްލަވަން. ހިތްގައިމު ރީތި ސަަގާފީ ލަވައަށް، އެންމެ އިހުއްސުރެ ދިވެހިން މެހެމާންދާރީ އަދާކުރުމަށް ރަށްރަށަށް އަންނަ ގަދަރުވެރި މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް ކުރު ފަލީގައި ނަށާ ގޮތަށް، ނަށަމުންދިޔަ. ދޯނީގެ ފަހަތުން ލޯންޗު ބަނދަރާ ހަމައަށް ދަތުރުކުރިއިރު ބަނދަރު މަތިން ފެށިގެން ރަށު ތެރެއަށް ދަމާލާފައި އޮތީ ދިގު ކިޔޫއެއް. 

ކިޔުންތެރިންގެ ހިޔާލު