ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

"މަޢުރިފާ'" ގެ ނަމުގައި އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ

11 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ކުރީން އޮތް ފޮތް މައުރަޒެއް -- ފައިލް ފޮޓޯ

"މަޢުރިފާ" ގެ ނަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން އިސްނަގައިގެން އިސްލާމީ ފޮތް މަޢުރަޒެއް ބޭއްވުމަށް ނިންމައިފި އެވެ. 

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. 

"ފޮތްތެރިކަން - ބުއްދީގެ ކާނާ" މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތް ވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށެވެ.

ކިޔުންތެރިންގެ ހިޔާލު