ENGLISH
09 ސެޕްޓެމްބަރު 2025
ބ. އަތޮޅުގެ އާރްޓީއެލް ފެރީގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވައިފި
11 އޯގަސްޓު 2025
|
ބ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުން -- ފޮޓޯ: ވޮއިސް
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. އަތޮޅުގައި އެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުން އޮތީ އެ އަތޮޅު އޭދަފުށީގައި މިއަދު ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
އޭދަފުށީގެ ވަރަށް ގިނަ ބަޔަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވުމަށް ޖަމާވެފަ އެވެ. އެއްވެފައިވާ އާންމުންނާއި ސަލާމް ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ.
އާރްޓީއެލް ހިދުމަތް ބ. އަތޮޅަށް ތައާރަފުކުރުމާއެކު، ޚިދުމަތަށް ރައްޔިތުން ހޭނުމުގެ ގޮތުން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަަށް ފެރީގައި ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ދިނެވެ. އަދި މި މަހުގެ ހަތަރަކުން ފެށިގެން އާރްޓީއެލް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ޓިކެޓު ނެގޭނެ އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. ބ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު މިހާރު 11 އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ލިބޭނެ އެވެ.