ENGLISH

06 ސެޕްޓެމްބަރު 2025

Advertisement

ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ރައީސް އިފުތިތާހުކޮށްދެއްވުން

11 އޯގަސްޓު 2025

|

ހަސަން އާމިރު

ބ.ކެންދޫގައި ތަރައްގީކޮށްފައިވާ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްދެއްވަައި ޚިދުމަތް ފައްޓަަވައިދެއްވީ ރައީސް. ކެންދޫގެ ނަރުދަމާއާއި ފެނުގެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ މެއި މަހުގައި ފެށި މަޝްރޫއެއް ކަމުގައިވީ ނަމަވެސް 2023 ވަނަ އަހަރުވެސް އެ މަޝްރޫއު ނިންމައިނުލެވޭ. ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަ މސައްކަތްތަކެއް ކުރެވި މިއަހަރު މަޝްރޫއު ނިމުމަކަށް ގެނެވިފައިވޭ. 

ކިޔުންތެރިންގެ ހިޔާލު