ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ފުލުހުންގެ ހިދުމަތް އާ އުސްމިނަކަށް؛ ޔޫއޭއީގެ އެހީގައި އަޅާ ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންގާ އަޅައިފި

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުން، ފޮޓޯ: ފުލުހުން

ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމުގެ ދަށުން އަޅާ ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންގާ އަޅުއްވައިފިއެވެ. 

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ހެޑް ޑރ.މުހައްމދު އަލްކުވައިތީއާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. 

ފުލުހުންގެ އެގްޒެކެޓިވް ފެންވަރުގެ އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ޔޫއޭއީ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ބިންގާ އެޅި މަރުކަޒަކީ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ތަނެކެވެ. 

ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ގާއިމުކޮށް އެތަންވެސް މިއަދު އިފުތިތާހުކޮށްފައިވެއެވެ. 

ފުލުހުން ބުނި ގޮތުގައި އަލަށް ގާއިމުކުރެވޭ ޑޭޓާ ސެންޓަރާއެކު ފުލުހުންގެ މސައްކަތްތައް ޒަމާނަަށް އަންނަ ބަދަލުތާ ފައިހަމަވާނެ ގޮތަށް ބައްޓަންކުރެވި، ކުށްކުރުން ހުއްޓުވައި ގާނޫނު ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. 

އަދި އަލަށް ހުޅުވި ސައިބާ ސެކިއުރިޓީ އޮޕަރޭޝާންސް ސެންޓަރު ފަރުމާކޮށްފައިވަނީ ސައިބާ ދާއިރާގައި ގައުމުގެ އައްޑަނައިގެ ދައުރު އަދާކުރެވޭ ގޮތަށް، ޑިޖިޓަލް ދާއިރާގައި ނުރައްކާތައް ކުރިއާލައި ދެނަގަނެ އެކުށްތައް ހުއްޓުވައި މަދުކުރުމުގެ މަސައްކަތްކުރެވޭ ގޮތަށް ކަމުގައި ފުލުހުން ބުންޏެވެ. 

އަލަށް ހުޅުވި ސައިބާ ސެކިއުރިޓީ އޮަޕަރޭޝަންސް ސެންޓަރުގައި ގާއިމުކޮށްފައިވާ ވަސީލަތްތައްވެސް ފޯރުކޮށްދިނީ ޔޫއޭއީންނެވެ. 

ކިޔުންތެރިންގެ ހިޔާލު