ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ އިލްތިމާސެއް ކައުންސިލްތަކަށް؛ ރައްޔިތުންގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދެއްވާ

11 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ކެންދޫ ކައުންސިލްއާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ބޭނުންވާ ތަރައްޤީއާ ގުޅޭ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށާއި އެކުގައި މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ކެންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ކެންދޫ ގައި މިއަދު ހަވީރު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ހުރިހާވެސް އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުރިހަމަ ކުރެއްވުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅެއް ލިޔެ ފޮތެއްގައި ޝާޢިއުކުރެވިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ވަޢުދުފުޅުތަކަކީ ރައްޔިތުން އެންމެ އެދޭ ކަންކަމަށް އިސްކަން ދެއްވައިގެން ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކެއް ކަމަށެވެ.

ކެންދޫއަށް މައިގަނޑު 10 ވަޢުދެއް ވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މަގު ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމާއި ބިން ހިއްކުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުުރުން ފަދަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމީ އިފްތިތާޙު ކުރެވިގެންދިޔައިރު ބިން ހިއްކުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ގެދޮރުވެރިކަމާއި ގުޅޭ މަޝްރޫޢުތައް ވެސް ލަސް ނުވެ ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް ދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި ދައުރުގެ އެންމެ ކުރީކޮޅު ވަރަށް އިސްކަން ދެއްވައިގެން އެެ މަސައްކަތް ފައްޓަވަން މަސައްކަތް ކުރެއްވި ކަމަށެވެ.

ނަމަވެސް އެކި ހުރަސްތަކާއި ސަބަބުތައް މެދުވެރިވެ އެ މަސައްކަތް ލަސްވެގެން ދިޔަކަން ފާހަގަ ކުރެއްވި އެވެ. އަދި ރައީސް އެދިވަޑައިގެންނެވީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމަށް އެއްވެސް ބަޔަކު ހުރަސް ނޭޅުއްވުމަށެވެ. ޚާއްސަކޮށް ކައުންސިލްތަކުގެ ކިބައިން އެދިވަޑައިގެންނެވީ މަަސައްކަތް ކުރުމުގައި އެއްބާރުލުން ދެއްވުމަށެވެ.

"އަޅުގަނޑު ރަށްރަށަށް މި އަންނަނީ ރައްޔިތުންނާއެކީގައި މަސައްކަތް ކުރުމުގެ ބޭނުމުގައި. އަޅުގަނޑު އެއްގޮތަކަށް ވެސް ކުރާ ހިތްވާ ކަމެއް ނޫން ކައުންސިލް މަޖުބޫރުކޮށްގެން މާލެ ގެންގޮސްގެން ރައީސް އޮފީހުގެ ތެރޭގައި ބައިތިއްބާކަށް," ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު