ENGLISH
06 ސެޕްޓެމްބަރު 2025
ކުޑަރިކިލުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވުން
11 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ބ. ކުޑަރިކިލަށް ވަޑައިގެން އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި. ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބުގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވަޑައިގެންނެވި. ކުޑަރިކިލުގައި ޤާއިމުކުރި އޭޓީއެމް މެދުވެރިކޮށް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެ.