ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ރައީސް ކުޑަރިކިލަށް ވަޑައިގެން ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލު ކުރައްވައިފި

11 އޯގަސްޓު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަރިކިއްލަށް މިއަދު މެންދުރު ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފި އެވެ.

ކައުންސިލްއާ ރައީސް ބައްދަލު ކުރައްވައި ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. މީގެ ތެރޭން ބައެއް މަޝްރޫއުތައް ރައީސް މިއަދު އިފްތިތާހުކޮށްދެެއްވާނެ އެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ކުޑަރިކިލުގައި އަލަށް އިމާރާތްކުރެވޭ ސިއްޙީ މަރުކަޒުގެ ބިންގާ އެޅުމާއި، އެރަށުގައި އަަލަށް ޤާއިމްކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ ކުޑަރިކިލުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.

ބ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލުވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުންމަކީ ވެސް މި ދަތުރުފުޅުތަކުގެ މަޤްސަދެކެވެ.

ކިޔުންތެރިންގެ ހިޔާލު