ENGLISH
09 ސެޕްޓެމްބަރު 2025
އެމްޑީޕީއިން އެޅި ފެނާއި ނަރުދަމާގެ ނިޒާމުތައް ހުރީ ބޭނުންކުރެވޭ ގޮތަކަށް ނޫން: ފަލާހު
11 އޯގަސްޓު 2025
|
އެމްޑީޕީން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި އޮތް އެއްވެސް ރަށެއްގައި އެ ހިދުމަތް ބޭނުން ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު ވިދާާޅުވީ ނަރުދަމާއަކީ ބިމުގެ އަޑީގައި ހޮޅިތަކެއް އަޅައިގެން ގުޅަލާ ނިޒާމަކަށް ވާއިރު، އެމްޑީޕީން މި މަސަތްކަތްކުރިޔަށް ގެންދިޔަ އިރު އަޅާފައި ހުރީ ފީވެފައިވާ ހޮޅިކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި ހޮޅިތަކެއް ވަޅުލާފައި ހުއްޓަސް، ހޮޅިތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުންނާއި އަވަހަށް ހިޅުތައް ހަލާކުވާތީ ފެނާއި ނަރުދަމާގެ ހިދުމަތް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ސައިކަލެއް ދުއްވާލިޔަސް އަޑީގައި ހުރި ހޮޅިތައް ބިންދައިގެންދާކަން ފަލާހު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މިއިން އެއްވެސް ރަށެއްގައި ހަގީގަތުގައި ނަރުދަމާގެ ހިދުމަތެއް ދެވެންނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އިހަކަށް ދުވަހު ފައިނަށް ކުރި ދަތުރުގައި ހިނަގާލަން ދިޔަ އިރު ދެތިން މަގެއް ކޮނެގެން އުޅޭ. ދެން އަޅުގަނޑު ބަލާލި އިރު ކުޑަކުދިން ހީސްލާހެން ހޮޅިން ތަންކޮޅު ކޮޅުން ގޮތް ގޮތް ވަނީ. އެމްޑީޕީއިން ނަރުދަމާ ނިޒާމަށް ބޭނުން ކޮފައި މިހުރީ އެންމެ ދަށް ގްރޭޑުގެ ހޮޅިތަށް." - އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ހަދައިގެން އުޅޭ ހޮޅި ފެކްޓަރީއަކުން އެމްޑީޕީއިން ކުރިޔަށް ގެންދިޔަ ފެނާ ނަރުދަމާގެ މަޝްރޫތަކަށް ހޮޅި ސަޕްލައި ކުރިކަމަށެވެ.
އަދި މިބޭނުން ކުރި ހޮޅިތަކަކީ ކޮލިޓީދަށް ހޮޅިތަކަށް ވުމުން ފެނާއި ނަރުދަމާ ނިޒަމުގައި އެތަކެއް މައްސަލައެއް ދިމާވެފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ.
ފެނާއި ނަރުދަމާގެ ނިޒާމުގެ މަސަތްކަތް އެމްޑީޕީގެ ސަރުކާރަށް ނިންމައިނުލެވުނު ނަމަވެސް، ފަލާހު ވިދާޅުވީ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެނާ ނަރުދަމާގެ ނިޒާމު ހަރުދަނާ ކުރެވިގެންދާނެކަމަށެވެ.
"އެމްޑީޕީގެ ސަރުކާރުގެ އޭރު ތިބި ވަޒީރުންނާ، ކުންފުނި ތަކުގެ އެމްޑީންނާ، މި މަސަތްކަތް ކުރި ބޭފުޅުންނަށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ފަސް އަހަރުގެ 2 ދައުރުގައި ފެނާ ނަރުދަމާގެ މަސަތްކަތް ނުއެއް ނިންމުނު، އެކަމަކު އެ މަސަތްކުރަން އުޅެފައި އެބަ ހުރި ގާތްގަނޑަކަށް 60 ރަށެއްގައި އެހެންނަމަވެސް މި މަސަތްކަތް ފުރިހަމަކޮށް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ކޮށްދޭނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު." - އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޖުމްލަ 10 އަހަރުގައި އުޅެގެންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ނުދެވޭ އެތައް ރަށެއް ހުރި ކަމަށެވެ.
ކުރީ ސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރަން މަސައްކަތް ފެށި ނަމަވެސް މަދު ރަށެއްގެ މަސައްކަތް ނޫނީ އެ ދައުރުގައި ނިންމައިނުލެވުނެވެ. ގިނަ ރަށްރަށުގެ މަސައްކަތް ހުރީ ވެރިކަން ބަދަލުވިއިރު ހުއްޓިފައެވެ. މިހާރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އެ މަޝްރޫއުތައް ނިންމުމަށް މަސައްކަތްކުރަމުންނެވެ.
މި ދައުރުގައި އެގޮތަށް ހުއްޓިފައި ހުރި ނަރުދަމާއާއި ފެނުގެ ނިޒާމުގެ ބައެއް މަސައްކަތްތައް ނިންމާފައިވެއެވެ. އެއިން ބައެއް މަޝްރޫއުތައް ނިންމައި ހިދުމަތް ފެށިފައިވާއިރު ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެފަދަ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވާފައިވެއެވެ.