ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ކަމަދޫއަށް ސީ ޕްލޭން ދަތުރުތައް ފެށުމާއި، ރަށު ސުކޫލުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ކަަމަދޫއަށް ސީ ޕްލޭން ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ބ.ކަމަދޫއަށް ސީ ޕްލޭން އޮޕަރޭޓުކުރަން ފެށުމުގެ އެއްބަަސްވުމާއި، އެ ރަށުގައި އަލަށް އިމާރާތްކުރާ ސްކޫލު އިމާރާތް ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ކަމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމަދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. 

ސްކޫލުގެ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެވެ. އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ސޮއިކުރެއްވިއިރު، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަަފީއެވެ. 

ކަމަދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ފޮޓޯ: ރައީސް އޮފީސް 

އޭގެ އިތުރަށް ކަމަދޫއަށް ސީ ޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން ހޯކްސް ހޮޓެލްސްއާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވިގެންދިޔައެވެ. އެ އެއްބަސްވުމުގައި ހޯކްސް ހޮޓެލްސްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރ ހުސައިން އަމަން ސޮއިކުރެއްވިއިރު މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް އިޔާސެވެ. 

މި އެއްބަސްވުމުގެ ދަށުން ކަމަދޫއަށް ސީ ޕްލޭން ދަތުރުތައް ފެށިގެންދާއިރު ކަމަދޫއަކީ ބ.އަތޮޅުގައި މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރިކުރަމުން އަންނަ އެއް ރަށެވެ. އެ ރަށުގައި މިހާރުވެސް 13 ގެސްޓުހައުސް ހިންގައެވެ. އަދި ގިނަ އަދަދަކަށް އައު ގެސްޓުހައުސް ތަރައްގީކުރަމުންދެއެވެ. 

އެހެންކަމުން އެ ރަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީ ޕްލޭން ދަތުރުތައް ފެށިގެން ދިއުންވާނީ އެ ރަށުގެ ގެސްޓުހައުސް ވިޔަފާރި އިތުރަށް ކުރިއަރާނެ ކަމަކަށެވެ. އަދި މުޅި ބ.އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ތަރައްގީވާނެ ކަމަކަށްވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު