ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

11 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ކަމަދޫއަށް ވަޑައިގެން އެރަށުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބްގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވަޑައިގެންނެވިއެވެ. 

އަމިއްލަ ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ބީއެމްއެލްއިން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. 

ބީއެމްއެލްއިން ވަނީ މިއަހަރު ތެރޭ އެކަނިވެސް 37 އޭޓީއެމް ހުޅުވައިފައެވެ. ބީއެމްއެލްއިން ބުނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުން ކަމަށެވެ. 

ކަމަދޫގައި ޤާއިމުކުރި އޭޓީއެމް މެދުވެރިކޮށް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ. 

ކަމަދޫއަކީ ބ. އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ރަށެވެ. މިހާރުވެސް އެރަށުގައި 13 ގެސްޓްހައުސް ހިންގައެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅުގައި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު މިއަދު ވަޑައިގަންނަވަނީ ކަމަދޫގެ އިތުރުން ކެންދޫ އަދި އޭދަފުއްޓަށެވެ. ރައީސުލްޖުމްހުރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޖަލްސާ މިރޭ އޮންނާނީ އޭދަފުށީގައެވެ. 

ކިޔުންތެރިންގެ ހިޔާލު