ENGLISH
09 ސެޕްޓެމްބަރު 2025
އިސްލާމިކް ފައިނޭންސް ދާއިރާއިން ކިޔެވުމަށް 15 މީހަަކަށް އެމްއެމްއޭއިން ސްކޮލާޝިޕް ދޫކޮށްފި
11 އޯގަސްޓު 2025
|
ސްކޮލާޝިޕު ލިބުނު މީހަކަށް ލިޔުން ހަވާލުކުރައްވަނީ، ފޮޓޯ: އެމްއެމްއޭ
އިސްލާމިކް ފައިނޭންސް ދާާއިރާއިން މާސްޓާސް ޑިގުރީއާ ހަމައަށް ކިޔެވުމަށް 15 މީހަކަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްކޮލާޝިޕު ހަމަޖައްސައިދީފިއެވެ.
އިއްޔެ އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލާޝިޕު ލިބުނު މީހުންނަށް ސްކޮލާޝިޕުތައް ހަވާާލުކޮށްދެއްވީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއެވެ.
މި ސްކޮލާޝިޕް ލިބުނު މީހުންނަށް މެލޭޝިޔާގެ އިންސެއިފް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ޕްރޮގުރާމުގައި ބައިވެރިވެ މާސްޓާސް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ިޔަފާރިތަކާއި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއްކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
ސްކޮލާޝިޕު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ
އެ އިދާރާއިން ބުނި ގޮތުގައި އެ އިދާރާއިން ހަމަޖައްސައިދޭ 15 ސްކޮލާޝިޕުގެ ތެރެއިން ފަސް ސްކޮލާޝިޕަކީ ފުލީ ފަންޑެޑް ސްކޮލާޝިޕެވެ. އަދި ދިހަ ސްކޮލާޝިޕަކީ ޕާޝިއަލީ ފަންޑެޑް ނުވަތަ ކޯހުގެ ހަރަދުތަކުގެ އެއް ބައި ހަމަޖައްސައިދޭ ސްކޮލާޝިޕެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި އިންސެއިފް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓާސް އިން އިސްލާާމިކް ފައިނޭންސް ޕްރޮގުރާމަކީ އެ ދާއިރާގައި މަސައްކަަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކޮންވެންޝަަނަލް އަދި ޝަރީޢާ ފައިނޭންސިން ދާއިރާގެ ދުނިޔޭގެ ފެންވަރުގެ އިލްމުވެރިން ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
"މިއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެއް،" މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ސްކޮލާޝިޕްތަކަކީ ރާއްޖޭގައި މިހާރު ކުރިއަރަމުންދާ އިސްލާމީ މާލީ ދާއިރާ އިތުރަށް ކުރިއަރުވައި އެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ އިސްތިރާޖީ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.