ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އެންމެ ގިނައިން ޓެކްސްދެއްކި 15 ފަރާތަކަށް މީރާއިން "ރަން ފަނަރަ" އެވޯޑުދީފި

11 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފާއިތުވި ފަނަރަ އަހަރު ތެރޭގައި މީރާއަށް އެންމެ ގިނައިން ޓެކްސް ދައްކާފައިވާ 15 ފަރާތަށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މީރާއިން "ރަން ފަނަރަ" އެވޯޑުދީފިއެވެ.

މި އެވޯޑު ދީފައިވަނީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައެވެ. 

މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެހަފްލާގެ ޝަރަފުވެރި މެހެމާން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

"ރަން ފަނަރަ" އެވޯޑު ލިބިފައިވާ ފަރާތްތަކަކީ:

  •   ބޭންކް އޮފް މޯލްޑިވްސް
  •  ދިރާގު 
  • އައި އެންޑް ޓީ މެނޭޖްމަންޓް
  • އިތާފުށި އިންވެސްޓްމެންޓް
  • ކާސާ ހޯލްޑިންގްސް
  • ކުރެއްދޫ ހޯލްޑިންގްސް
  • އެމްއޭސީއެލް
  • އުރީދޫ މޯލްޑިވްސް
  • ގަތަރު އެއާވޭސް
  • ރީތި ރަށް ރިސޯޓް
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ
  • އެސްޓީއޯ
  • ޓީއެމްއޭ
  • ޔުނިވާސަލް އެންޓަޕްރައިސަސް
  • ވިލާ ޝިޕިން އެންޑް ޓްރޭޑިން  

މީރާއިން ވިދާޅުވީ މިއީ 1 ޖަަނަވަރީ 2011އިން 30 ޖޫން 2025ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި މީރާއަށް އެންމެ ގިނަ އަދަދަކަށް ފައިސާދައްކައިފާވާ ފަރާތްތައް ކަމަށެވެ.

މި އެވޯޑު ދިނުމުގެ މަގުސަދަކީ ޤައުމުގެ ތަރައްގީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމާއި، އެހެން ކުންފުނިތަކަށްވެސް ޓެކްސް ދެއްކުމުގެ މުހިންމުކަން އަންގައިދިނުން ކަމަށް މީރާއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު