ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ފުލުހެއްގެ ގައިގަ ކާރުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހާ ކޯޓުން ދޫކޮށްލައިފި

10 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލާގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހ.ފިލިމާގޭ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ޙަސަން އެވެ. 

ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނީ ހުޅުމާލެ ގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކެއް އަދި ފޭސް ދޭއްގައި ދުއްވަމުން ދިޔުމުން ފުލުހުން އެ ކާރު ފަހަތުން ގޮސް ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންގެ ސައިކަލުގައި ޖައްސާ ވައްޓާލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ފުލުހުންގެ ސައިކަލުގައި ތިބި ދެ އޮފިސަރުންގެ ތެރެއިން އެއް އޮފިސަރަށް އަނިޔާވެފައިވެއެވެ. އަނިޔާވި އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވީ ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަޙްޤީޤް މިހާރު ވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު