ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

10 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އާރްޑީސީ

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން، ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އާރްޑީސީ އިން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް އެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 77.1 މިލިއަން ރުފިޔާއަށެވެ. އެއީ، 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫޢޫތަކެއް ހިންގަމުންނެވެ. މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި ޙަވާލުކުރަމުން އަންނައިރު، އޭގެތެރެގައި އާރްޑީސީއިން ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު