ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ތުރުކީން ހަދިޔާކުރި މަނަވަރު ރާއްޖެއަށް، ޚިދުމަތަށް ނެރެން ތައްޔާރު ވަނީ

10 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ތުރުކީން ހަދިޔާކުރި މަނަވަރު

ތުރުކިވިލާތުން ރާއްޖެއަށް ހަދިޔާ ކުރައްވާ ތުރުކީ ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިރޭ ވަނީ އެ މަނަވަރުގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. އަދި ބުނީ މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި ދަނީ ކުރަމުން ކަމަށެވެ.

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ދިފާޢީ ވުޒާރާ އިން ހާމަކުރީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށާ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އެގޮތުން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމީ އެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ ރަޙްމަތްތެރި ޤައުމުތަކާއެކު ބަދަހި ކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް ބުންޏެވެ.

އަދި މި އުޅަނދު ރާއްޖެ ގެނެސް ޚިދުމަތަށް ނެރެ ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނު ވަމުންދިޔަކަން ވެސް އޭރު ވަނީ ހާމަކޮށްފަ އެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ދަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ދިފާޢީ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު