ENGLISH
09 ސެޕްޓެމްބަރު 2025
ފުލުހެއްގެ ގައިގަ ކާރުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހާގެ ވަނަވަރު އާއްމުކޮށްފި
10 އޯގަސްޓު 2025
|
ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހ.ފިލިމާގޭ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ޙަސަން އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުންރޭ ބުނީ ހުޅުމާލެ ގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކެއް އަދި ފޭސް ދޭއްގައި ދުއްވަމުން ދިޔުމުން ފުލުހުން އެ ކާރު ފަހަތުން ގޮސް ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންގެ ސައިކަލުގައި ޖައްސާ ވައްޓާލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ފުލުހުންގެ ސައިކަލުގައި ތިބި ދެ އޮފިސަރުންގެ ތެރެއިން އެއް އޮފިސަރަށް އަނިޔާވެފައިވެއެވެ. އަނިޔާވި އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވީ ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަޙްޤީޤް މިހާރު ވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ.