ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިއްޖެ

10 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

16 ދުވަހުގެ ޗުއްޓީއަކަށްފަހު ދެވަނަ ޓަރމްގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22ވަނަ ދުވަހާ ހަމައަށެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި ނުވަދިހާ ހާހެއްހާ ދަރިވަރުން ކިޔަވައެވެ. އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދެއެވެ.

އެޑުއުކޭޝަން މިނިސްޓްރީއިން ބުނެފައިވާގޮތުގައި، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެވެ.

އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ %33 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި %21 މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި މަސައްކަތް ކުރެއެވެ.  

ކިޔުންތެރިންގެ ހިޔާލު