ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ނުރައްކާތެރިކޮށް ދުއްވުމުން ހުއްޓުވަން އުޅުމުން ފުލުހުންގެ ސައިކަލުގައި ޖައްސައިފި، ފުލުހަކަށް އަނިޔާ

10 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ފޭސް ދޭއް

ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވަން އުޅުމުން ފުލުހުންގެ ސައިކަލުގައި ޖައްސައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ހުޅުމާލެ ގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކެއް އަދި ފޭސް ދޭއްގައި ދުއްވަމުން ދިޔުމުން ފުލުހުން އެ ކާރު ފަހަތުން ގޮސް ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންގެ ސައިކަލުގައި ޖައްސާ ވައްޓާލާފައިވާ ކަމަށެވެ.

ކާރުން ޖެއްސުމުން ސައިކަލުގައި ތިބި ދެ ފުލުހުން ތެރެއިން ފުލުހަކަށް އަނިޔާވި އެެވެ. އެ ފުލުސް މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އޭގެ ފަހުން އެ ކާރު ހުއްޓުވާ ކާރު ތިބި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކާރު ދުއްވަން އިނީ ފިިރިހެނެކެވެ. ދެން ކާރުގައި އިނީ އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު