ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ގްރޭޓާ މާލެ ސަރަޙައްދުން ކަރަންޓް ކެނޑުން: ތަޙުޤީޤަށް ހޯދުންތަކާ މަޢުލޫމާތު އެއްކޮށްފި

10 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ އިދާރާ

މި އަހަރުގެ ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުޤީޤުގެ އިބްތިދާއީ ހޯދުންތަކާއި މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ޖޫން މަހުގެ ފުރަތަމަ ދުވަހު މުޅި ގްރޭޓަރ މާލެ ސަރަޙައްދުން ވަނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑިފަ އެވެ. މާލެއާ ހުޅުމާލޭން ކަރަންޓް ކެނޑި އެތައް އިރެއް ހޭދަވި އެވެ.

ރައްޔިތުންނަށް ކުރިމަތިވި އެ ދަތި ޙާލަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަރަންޓް ކެނޑެން މެދުވެރިވީ ސަބަބު ދެނެގަތުމަށާއި އެކަމާއި ގުޅިގެން ޚާއްސަ ތަޙުޤީޤެއް ހިންގަވަން އަންގަވާފަ އެވެ. އަދި އެފަަދަ ކަމެއް ދެން ތަކުރާރު ނުވާނެ ފަދައިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ވެސް އެންގެވި އެވެ.

ރައީސްގެ އެ އެންގެވުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެ ދުވަހު ވަނީ ޚާއްސަ ތަޙުޤީޤެއް ފައްޓަވާފަ އެވެ. އެ ތަޙުޤީޤާއި ގުޅިގެން ފުލުހުން ބުނީ ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުޤީޤުގެ އިބްތިދާއީ ހޯދުންތަކާއި މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަޙްޤީގު ކުރަމުން ކަމަށެވެ.

ތަޙްޤީގު އެއްކޮށް ނިމުމުން ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނެ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު