ENGLISH
09 ސެޕްޓެމްބަރު 2025
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ގުޅުމަށް ބަދަލެއް ނައިސް ދެމި އޮންނާނެ: ނައިބު ރައީސް
09 އޯގަސްޓު 2025
|
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ފޮނުއްވައިފިއެވެ.
އެމަނިިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާ ކަމަށެވެ. އަދި ސިންގަޕޫރަށް އިތުރު ކުރިއެރުމާއި ތަރައްގީ އަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ނައިބު ރައީސް ވަނީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ގުޅުމަށް ބަދަލެއް ނައިސް ދެމި އޮންނާނެ ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.
މި އަހަރަކީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް ވަރަށް ޚާއްސަ އަހަރެއް ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ސިންގަޕޫރާއި ރާއްޖޭގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް މި އަހަރު 50 އަހަރު ފުރޭކަން ފާހަގަކުރައްވައި، ރައީސް އެއިރު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.