ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މުލީގައި ނޭޗާ ޕާކް ހަދާނެ ބަޔަކު ހޯދަނީ

09 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މ. މުލީ ކައުންސިލުން މުލީ ކަންޒުކަހަނބު ފެންގަނޑު އޮންނަ ސަރައްދުގައި ނޭޗާރ ޕާރކް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ، ހޮވޭ ކުންފުންޏެއްގެ އަމިއްލަ ތަކެތީގައި އެ މަސައްކަތްކޮށްދޭ ގޮތަށެވެ. ނަމަވެސް ނޭޗާ ޕާކް ތަރައްގީ ކުރާނީ ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު