ENGLISH
09 ސެޕްޓެމްބަރު 2025
ގައުމީ ދިފާއީ ބާރަށް ބޮޑު ކުރިއެރުމެއް؛ ފުރަތަމަ ފަހަރަށް މިސައިލުން ހަމަލާދެވޭ މަނަވަރެއް ގެނެސްފި
09 އޯގަސްޓު 2025
|
ތުރުކީން ހަދިޔާކުރި މަނަވަރު ބޭނުންކުރަން ސިފައިން ތަމްރީނުކުރަނީ، ފޮޓޯ: ޑިފެންސް މިނިސްޓްރީ
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިސައިލު ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެއް ރާއްޖެއަށް ގެނެސްފިއެވެ.
މި މަނަވަރަކީ ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަނަވަރަކީ މިސައިލުން ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ، ޓީސީޖީ ވޮލްކަން (ޕީ-343) މަރުކައިގެ މަނަވަރެކެވެ. މިހާރު މާލޭ ސަރަހައްދުގައި އޮތް މަނަވަރު އިފުތިތާހުކުރާނީ އަަންނަ މަހުއެވެ.
މި މަނަވަރަކީ ކުރިން ބޭނުންކުރުމަށްފަހު މަރާމާތުކޮށް، އަލުން ބޭނުންކުރެވޭ މިންވަރަށް ތަރައްގީކޮށްފައިވާ މަނަވަރެކެވެ. އަދި ފާއިތުވި އަހަރު ޓެސްޓުތަކާއި ތަމްރީނުތަކަށް މި މަނަވަރު ބޭނުންކޮށްފައިވެއެވެ.
މި މަނަވަަރު ގެނެސްފައިވަނީ އެ މަނަވަރު ބޭނުންކުރުމަށް ދިވެހި ސިފައިންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށްފަހު، މަނަަވަރު އޮޕަރޭޓުކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކޮށްފައެވެ.
ލޫރްސެން ވެރްފްޓްއިން ނަމަކަށް ކިޔާ ޖަރުމަނު ކުންފުންޏަކުން ފަރުމާކުރި މި އުޅަނދަކީ ހާޕޫން އެންޓި-ޝިޕް މިސައިލު ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެކެވެ. އަދި މިއީ ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގައި އެއްވަނަ ގިންތީގެ އުޅަނދުތަކުގެ ގޮތުގައި ބޭނުންކުރި އުޅަނދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވެދިނުމަށް ތުރުކީއާއެކު އެއްބަސްވުންތަކެއް ގާއިމުކުރެވުނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ތުރުކީންވަނީ ރާއްޖޭގެ އަސްކަރިއްޔާއަށް ބޭނުންކުރެވޭ އަން މޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯނު ފޯރުކޮށްދީފައެވެ.