ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މައްސަލަ ހައްލުކޮށް މުޅި މާލެ ސަރަހައްދަށް ކަރަންޓު އިއާދަކޮށްފި

09 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނިކޮށް، އެ މައްސަލަ ހައްްލުކޮށް މުޅި މާލެ ސަރަހައްދަށް ކަރަންޓު އިއާދަކޮށްފި އެވެ.

އެ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން މިއަދު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެކަމަށް އެ ކުންފުނިން އިއްޔެ ބުނި ނަމަވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އެ މަސައްކަތުގެ ސަބަބުންނެއް ނޫނެވެ. 

 9:30 ހާއިރު މާލޭގެ ބައެއް ސަރަަހައްދުތަކުން ކުއްލި ގޮތަކަށް ކަރަަންޓު ކެނޑުނުފަހުން ސްޓެލްކޯއިން ބުނެފައިވަނީ މި ސަރަހައްދުން ކަރަންޓު ކެނޑުނީ ކުރިމަތިވި ޓެކްނިކަލް މައްސަލަައެއްގެ ސަަބަބުން ކަމަށެވެ.

ސްޓެލްކޯ އިން ދެންމެ ބުނެފައިވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލިން ކަރަންޓު ދެވިފައިވާ ކަމަށެވެ.

އަދި  ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ  ހޮޓްލައިން 104 އަށް ގުޅުމަށް އެދިފައިވެ އެވެ. އެ ކުންފުނިން ވަނީ ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު