ENGLISH
09 ސެޕްޓެމްބަރު 2025
މުޅި ހުޅުމާލެއަށް ކަރަންޓު އިއާދަަކޮށްފި؛ ގަޑިއިރެއް ތެރޭ މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ލިބޭނެ
09 އޯގަސްޓު 2025
|
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނިކޮށް މުޅި ހުޅުމާލެއަށް ކަރަންޓު އިއާދަކޮށް ކުރިއަށް އޮތް ގަޑިއިރެއް ތެރޭ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ މިހާރު ހުޅުމާލޭގެ ހުރިހާ ސަރަހަައްދަކަށް އަލުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. އަދި މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު އިއާދަކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް ސާޅީހަކަށް މިނިޓު ތެރޭ ބާކީ ހުރި ހުރިހާ ސަރަހައްދަކަށް ކަރަންޓު އިއާދަކުރެވޭނެ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މާލޭގައި ކަރަންޓު ނުދެވި ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ސްޓެލްކޯއިން އޮތީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތެއް މިއަދު ކުރާނެކަން ކުރިން ހާމަކޮށްފައެވެ. އެއިރު އެ ކުންފުނިން ބުނެފައިވަނީ މިއަދު ހެނދުނު 10:00 އާއި 10:30 އާ ދޭތެރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
ނަމަވެސް 9:30 ހާއިރު މާލޭގެ ބައެއް ސަރަަހައްދުތަކުން ކުއްލި ގޮތަކަށް ކަރަަންޓު ކެނޑުނުފަހުން ސްޓެލްކޯއިން ބުނެފައިވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ކުރިމަތިވި ޓެކްނިކަލް މައްސަލަައެއްގެ ސަަބަބުން ކަމަށެވެ. އެ ކުންފުނިން ބުނެފައިވަނީ މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އަދި ހިދުމަތް މެދުކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކޮަށް ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތް ސްޓެލްކޯއިން ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.