ENGLISH
09 ސެޕްޓެމްބަރު 2025
ކަރަންޓު ކެނޑުމުގެ ސަބަބުން ފަވަރަގެ ހިދުމަތަށް ބުރޫއަރައިފި
09 އޯގަސްޓު 2025
|
ރާއްޖޭގެ ބޭންކުތަކުގެ މެދުގައި ފަސޭހައިން ފައިސާގެ މުއާމަލާތްކުރުމަށް ބޭނުންކުރާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވަރަގެ ހިދުމަތަށް ބުރޫއަރައިފިއެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަންފީޒުކުރާ ފަވަރަަގެ ހިދުމަތަށް ބުރޫއެރީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެންނެވެ. މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ކުރިމަތިވި ޓެކްނިކަލް މައްސަލަައެއްގެ ސަބަބުންނެވެ.
ފަވަރައިގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ދިމާވެދާނެ އުދަގޫތަކާމެދު އެމްއެމްއޭއިން މައާފަށް އެދިފައިވެއެވެ. އަދި އަލުން ހިދުމަތް ދޭން ފެށުނުހާ އަވަހަކަށް އެކަން އަންގާނެ ކަމުގައި އެ އިދާރާއިން ބުނެފައިވެއެވެ.
ފަވަރައިގެ ހިދުމަތަކީ ރާއްޖޭގައި ޕޭމެންޓު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިއްމު ޕްލެޓްފޯމަކަށްވާއިރު މިއީ ފަރުދުންނައި ވިޔަފާރިތަކުން އެތައް މިލިއަން ރުފިޔާގެ މުއާމަލާތެއް ކުރުމަށް ކޮންމެ ދުވަހުކުވެސް ބޭނުންކުރާ ޕްލެޓުފޯމެކެވެ.
ފަވަރަ މެދުވެރިކޮށް ރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއި ހަލުއިކަމާއެކު ފައިސާ ފޮނުވޭއިރު، ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ފައިސާ އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވުމަށް ބިލު ފޮނުވައިގެން ފައިސާގެ މުއާމަަލާތްތައް ހިންގޭނެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު އިއާދަކުރުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ލިބޭނެއެވެ.