ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ބަައެއް ސަރަހައްދުތަކަށް ކަރަންޓު އިއާދަކޮށްފި؛ މަސައްކަތް ދަނީ ކުރިއަށް

09 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަަންޓު އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށައިފިއެވެ. 

މިއަދު ހެނދުނު 9:30 ހާއިރު މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލަައަކާ ގުޅިގެންނެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކަަރަންޓު ދޭން ފެށުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. 

އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ކެނޑުނު ސަރަހަައްދުތަކަށް އަނބުރާ ކަރަންޓު އިއާދަކުރުމަށް ކުރަމުންދާ މަސައްކަަތުގެ ތެރެއިން މާލޭގެ ބައެއް ތަަންތަނަށް މިހާރު ކަރަންޓުވަނީ ދެވިފައެވެ. އަދި އެހެނިހެން ސަރަހައްދުތަކަށް ކަރަަންޓު ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

އިއްޔެ އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން މިއަދު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެކަމަށެވެ. ނަމަވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އެ މަސައްކަތުގެ ސަބަބުންނެއް ނޫނެވެ. 

ކަރަންޓު ކެނޑުމާ ގުޅިގެން އާއްމުންނަށް ކުރިމަތިވެދާނެ ދަތިތަކާމެދު އެ ކުންފުނިން މައާފަށް އެދިފައިވެއެވެ. އަދި ވީހާވެސް އަވަހަކަށް ކަރަންޓު އިއާދަކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު