ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޖަމްޢިއްޔަތުއްސަލަފުން ސަޢޫދީ ސަފީރާ ބައްދަލުކޮށްފި

07 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޖަމްޢިއްޔަތުއްސަލަފުން ސަޢޫދީ ސަފީރާ ބައްދަލުކުރުން

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީއާ ޖަމިއްޔަތުއްސަލަފުގެ އިސް ބޭފުޅުން ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގައި ކުރިޔަށް ގެންދެވުނު މި ބައްދަލުވުންއޮތީ މިއަދު މެންދުރު އެވެ.

ސަޢޫދީ ސަފީރު، ވަނީ ސަލަފުގެ އިސްވެރީންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. އަދި އެކިދާއިރާތަކުން، އިޖްތިމާޢީ ކަންކަން ކުރުމުގައި، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ސަޢޫދީ އެމްބަސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފަ އެވެ.

މިބައްދަލުވުމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް އާއި ނައިބުރައީސް އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ އައްޝައިޚް ޙަސަން މޫސާފިކުރީ އާއި ހިންގާކޮމެޓީގެ މުސްތަޤިއްލު މެމްބަރު އައްޝައިޚް ޝިހާމް މުޙައްމަދުގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް އާދަމް ބަޝީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު