ENGLISH

26 ނޮވެމްބަރު 2024

އެމްއެންޑީއެފް ނޮދަން އޭރިއާއިން މާފަރުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

23 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ނ. މާފަރު ކައުންސިލް އަދި އެ ރަށު ޕޮލިސް ސްޓޭޝަނާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުންފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެ ރަށު ކައުންސިލްގެ ނައިބު ރައީސް، މުޙައްމަދު އާމިރެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެ ރަށުގެ 43 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިންސްޓްރަކްޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު