ENGLISH

06 އޯގަސްޓު 2025

Advertisement

ޢުލްޔާ އަށް ފެތުމުގެ ޤައުމީ ރެކޯޑެއް

05 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްގެ ތެރެއިން. ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ ޢާއިޝަތު ޢުލްޔާ ޝާއިޤް ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ ވަނީ، އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓް 00:28.41 އިން ނިންމައިގެން ޤައުމީ ރެކޯޑް އާކޮށްފައެވެ.

އެންމެ ފަހުން މި ރެކޯޑް އާކޮށްފައިވަނީ، އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، ތައިލެންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރު) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00.28.55 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެކުރީން، ޢުލްޔާ ވަނީ މިދިޔަ މާރިޗް މަހާއި ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ފެތުމުގެ ތިން ޤައުމީ ރެކޯޑެއް އާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު