ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ނައިފަރު އޯޕަން: ފަހަތުންއަރައި ނިބާލް ބަލިކޮށް، ޒަޔާން ޗެމްޕިއަންކަން ހޯދައިފި

04 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ނޭޝަނަލް ކެޓަގަރީގެ ފައިނަލުގައި ޒަޔާން ކުޅެނީ. ފޮޓޯ: ބެޑްމިންޓަން އެކަޑެމީ އޮފް ނައިފަރު

ރޯޔަލް އެމްބަސީ އޮފް ސަޢޫދީ ޢަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނޭޝަނަލް ކެޓަގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހުސެއިން ޒަޔާން ޝަހީދު ޒަކީ ހޯދައިފިއެވެ.

ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ، ޒަޔާން މި މެޗު ކާމިޔާބުކުރީ ފަހަތުންއަރައި 2-1 ގޭމުންނެވެ.

ނައިފަރު ކާންނާ މާލަންގައި ކުޅުނު ނޭޝަނަލް ކެޓަގަރީގެ ފިރިހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ގޭމުުން 21-16 އިން ނިބާލް ކުރިހޯދާފައިވަނިކޮށް، ޒަޔާން ވަނީ ދެންޖެހިގެންއައި ދެ ގޭމުން 22-20 އަދި 21-15 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ.

މި މުބާރާތުގެ ނޭޝަނަލް ކެޓަގަރީގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ވެސް ޒަޔާން އާއި ނިބާލްގެ ޕެއާ އެވެ. 

މުބާރާތުގެ ސޯޝަލް ކެޓަގަރީގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލައިބާ އަހުމަދު މަހުލޫފް ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ނާޝިތު ހަމްދީ އެވެ.

އަދި، ސޯޝަލް ކެޓަގަރީގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ޔޫހާ އަހުމަދާއި ޝުބާ މުޙައްމަދު ޝަރީފްގެ ޕެއާ އެވެ. މިބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިފާއު ޢަބްދުﷲ އާއި އަހުމަދު ޒިޔާދުﷲ ގެ ޕެއާ އެވެ.

ކިޔުންތެރިންގެ ހިޔާލު