ENGLISH
05 ޖުލައި 2025
ފުލުހަކަށް ހަމަލާ ދޭން އުޅުނީ 33 އަހަރުގެ ފިރިހެނެއް
23 ނޮވެމްބަރު 2024
|
ހުޅުމާލެ ފޭސް އެކެއްގައި ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާދޭން އުޅުނިކޮށް ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. ދަނގެތި، ލިލީގެ ހުސައިން ފާއިގް (33އ) އެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު މީހާ ހުއްޓުވަން އުޅުނު ފުލުސް އޮފިސަރަށް ވެސް ހަމަލާދޭން އުޅެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން އޭނާ އެންމެ ފުރަތަމަ ހަމަލާދޭން އުޅުނީ މަގުރިބު ނަމާދަށް ހުރި މުދިމަކަށެވެ.
ހަމަލާދޭން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން އެމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.