ENGLISH
03 އޯގަސްޓު 2025
ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ރިލޭ ޓީމަށް ޤައުމީ ރެކޯޑެއް
02 އޯގަސްޓު 2025
|
މީގެކުރީން ބޭއްވި އިވެންޓެއްގައި ދިވެހި ޓީމުގެ ފެތުންތެރިއަކު ފަތަނީ. ފޮޓޯ: އެމްއޯސީ
ރާއްޖޭގެ ސްވިމިންގ ޓީމުން ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސްޑް މެޑްލޭ ރިލޭ އިވެންޓު ދިވެހި ޓީމުން ވަނީ ޤައުމީ ރެކޯޑެއް އާކޮށްފައެވެ.
އެގޮތުން، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސް މެޑްލޭ ރިލޭ އިވެންޓްގައި 04:04.21 އިން ރޭސް ނިންމައިގެން ޤައުމީ ރެކޯޑް އާކޮށްފައެވެ.
މި ފަހަރުގެ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރަމުންއަންނަ ދިވެހި ޓީމުގައި ހިމެނެނީ؛ އަމްނާ ތަޒްކިޔާ މިރުޞާދު، މިރާލް ޢައިން ލަޠީފް އާއި މުޙައްމަދު އާން ޙުސައިން އަދި މުޙައްމަދު ރިޙާން ޝިހާމް އެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ، 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި، 04.12.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
އެފަހަރުގެ ޤައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނުނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، ޢާއިޝަތު ޢުލްޔާ ޝާއިޤް، އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދު އެވެ.
މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.