ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ދިހަ ރުފިޔާއެއް އާފަލެއްގެ އަގު އުފުލުނު ވާހަކައަކީ ދޮގެއް؛ އެވެރެޖު އަގު ހުރީ 7.84 ރުފިޔާގައި

30 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އާފަލުގެ އަގު ދިހަ ރުފިޔާއަށް ނުއުފުލޭ

މޫސުން ގޯސްވުމުގެ ސަބަބުން ބާޒާރަށް ބައެއް މުދާ ނެރުމުގައި ދަތިތަކެއް ކުރިމަތިވެ ބައެއް ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅުގައި އާފަލުގެ އަގު ދިހަ ރުފިޔާއަށް މަތިވެފައިވާކަމަަށް ބައެއް މީޑިޔާަތަަކުން ރިޕޯޓުކުރި ނަމަވެސް ހޯލްސޭލުކޮށް އަދި ރީޓެއިލުކޮށް އާފަލު ވިއްކާ ފިހާރަތަކުގައި ހުރި އަގުތަކަށް ބަލާއިރު އެއި ދޮގެއްކަން ހާމަވެއްޖެއެވެ. 

އެމްއެމްޓީވީންވަނީ ބާޒާރުގެ ބައެއް ފިހާރަތަކަށް ގުޅަައި އާފަލު ވިއްކަމުންދާ އަގު ބަލަައިފައެވެ. އެގޮތުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ބޮޑު އަގެއްގައި އާފަލު ވިއްކާމަަަަށް ރެކޯޑުކުރެވިފައިވަނީ ގާކޮށީ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައެވެ. އެ މާރުކޭޓުތަކުގެ ގޮޅިތަކުގައި ފެހި އާފަލެއް 8 ރުފިޔާއަށް އަދި ރަތް އާފަލެއް 9 ރުފިޔާއަށް ވިއްކައެވެ. 

ފުޅާ ދާއިރާއެއްގައި ތަރުކާރީ މޭވާ ވިއްކާ އެއް ކުންފުނިކަމުގައިވާ މަޑިހާގެ އުފަންވެލި ފިހާރަތަކުން އާފަލެއް ވިއްކަނީ އަށް ރުފިޔާއާއި ނުވަ ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. 

ވިކާ މާޓުގައި ފެހި އާފަލެއް 7.5 ރުފިޔާއަށް ލިބެންހުރިއިރު ރަތް އާފަލެއް އަށް ރުފިޔާއަށް ލިބެން ހުއްޓެވެ. އަދި ހަނީ ކޯނާގައި ފެހި އާފަލެއް ހަތް ރުފިޔާއަށް އަދި ރަތް އާފަލެއް އަށް ރުފިޔާއަށް ލިބެއެވެ. ފެމިލީ ގްރޮސާައި 7.5 ރުފިޔާއަށް ފެހި އާފަލު އަދި އަށް ރުފިޔާއަށް ރަތް އާފަލު ލިބެން އެބަހުއްޓެވެ. 

އެމްޔޫ ސްޓޯރުގައިވެސް ރީޓެއިލްކޮށް 7.6 ރުފިޔާއަށް އަދި ހޯލްސޭލުކޮށް 1.150 ރުފިޔާައަށް އާފަލު ވިއްކަން އެބަހުއްޓެވެ. 

އެހެންކަމުން ބާޒާރުގައި އެންމެ ބޮޑު އަގުގައި އާފަލު ވިއްކަން ހުރި ތަންތަނުގައިވެސް އާފަަލެއްގެ އަގު ދިހަ ރުފިޔާއަށް ނާރައެވެ. 

ބާޒާރުގައި މުދަލުގެ އަގު އުފުލުނު ނަމަވެސް އުފުލޭ މިންވަރަށްވުރެ ބޮޑަށް އަގު އުފުލިފައިވާކަމަށް މީޑިޔާއިން ރިޕޯޓުކުރުމުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެއެވެ. 

ސަރުކާރުން އަންނަނީ ބާޒާރުގައި އަގުތައް އުފުލުނަނުދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން އަންނަނީ އަގު އުފުލޭ މުދާ ގެނެސް ބާޒާރަށް ނެރެ އަގު ބޮޑުވިޔަނުދިނުމަށް މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު