ENGLISH
22 ޖުލައި 2026
ގޭގައި ތިބެގެން ޞިއްޙީ ފަރުވާ ހޯދޭނެ "ހޯމް ކެއަރ" ޚިދުމަތް އީވް ކްލިނިކް ގްރޫޕުން ތަޢާރަފްކޮށްފި
21 ޖުލައި 2026
|
އީވް ކްލިނިކްގެ "ހޯމް ކެއަރ" ހިދުމަތް ވަޒީރު ގީލާ އިފްތިތާހުކޮށްދެއްވަނީ - ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ގޭގައި ތިބެގެން ޞިއްޚީ ފަރުވާ ހޯދޭ "ހޯމް ކެއަރ" ޚިދުމަތް އީވް ކްލިނިކް ގްރޫޕުން ތަޢާރަފްކޮށްފިއެވެ.
އީވް ކްލިނިކް ވެސްޓް ޕާކް ބްރާންޗުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.
މި ރަސްމިއްޔާތުގައި އީވް ކްލިނިކް ގްރޫޕުގެ ކްލިނިކަލް އޮޕަރޭޝަންސް ޑިރެކްޓަރ ހައިފާ މުޙައްމަދު ވިދާޅުވީ، އެ ގްރޫޕުގެ އަމާޒަކީ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
އީވް ކްލިނިކް ގްރޫޕުން ތަޢާރަފްކުރި މި ޚިދުމަތުގެ ދަށުން، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލޭގެ ޓެސްޓުތަކަށް ސާމްޕަލް ނެގުމާއި، ކުދިކުދި ފާރުގަނޑުތައް ސާފުކުރުމުގެ އިތުރުން ނާސިންގެ ތަފާތު ޚިދުމަތްތައް ބަލިމީހާގެ އަމިއްލަ ގޭގައި ތިބެގެން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"ހޯމް ކެއަރ" ޚިދުމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މަންމައަކަށްވާ ފަރާތްތަކަށް ޙާއްސަކޮށްގެން ފަރުމާކޮށްފައިވާ "ޕޯސްޓް ނޭޓަލް ކެއަރ" ނުވަތަ ވިހެއުމަށްފަހު ދެވޭ ފަރުވާގެ ޕެކޭޖެވެ. މި ޚިދުމަތުގެ ދަށުން، ތުއްތު ކުދިން ބެލެހެއްޓުމާއި، ރައްކާތެރިކަމާއެކު ނިދުމުގެ އިންތިޒާމުތަކުގެ އިތުރުން، އާއިލާގެ ފަރާތުން މަންމައަށާއި ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ.
"ހޯމް ކެއަރ" ޚިދުމަތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އީވް ކްލިނިކް ގްރޫޕުގެ ހުރިހާ ކްލިނިކްތަކުން ހުޅުވާލައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މުޅިއެކު ތިން ކްލިނިކާއެކު އީވް ކްލިނިކް ހެލްތުކެއަރ ޕްރައިވެޓް ލިމިޓެޑަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އަމިއްލަ ކުންފުންޏެވެ.