ENGLISH
22 ޖުލައި 2026
އެމްބީއޭ ޗެމްޕިއަންޝިޕް: އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސްއަށް
21 ޖުލައި 2026
|
އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ކުއީންސްއިން ތަށި އުފުލާލަނީ -- ފޮޓޯ: އެމްބީއޭ
އެންމެ މަޤްބޫލު
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި 30 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް 2026 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސްއިން ހޯދައިފިއެވެ.
އެ ޓީމު ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލްގައި މިސްޓިކްސް ބާސްކެޓްބޯލް ކުލަބު އަތުން 58-88 ޕޮއިންޓުގެ ފަރަގަކުން ކުރި ހޯދައިގެންނެވެ.
މި މުބާރާތުގައި މިއަހަރު އަންހެން ޑިވިޝަންގައި ޖުމްލަ ހަ ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ކުއީންސް އާއި މިސްޓިކްސްގެ އިތުރުން ސައިކްލޯން ބާސްކެޓްބޯލް ކުލަބު، ސްޕާކްސް ބާސްކެޓްބޯލް ކުލަބު، ސްޓަރސް ސްޕޯޓްސް ކުލަބު އަދި ކޮމެޓްސް ބާސްކެޓްބޯލް ކުލަބެވެ.
މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ކުއީން، މިސްޓިކްސް އަދި ސައިކްލޯން އެއްވަރުވި ނަމަވެސް، ސެމީގައި ކޮމެޓްސްގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދާ ކުއީންސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއެވެ. ސެމީގެ ދެވަނަ މެޗުން ސައިކްލޯންގެ މައްޗަށް ކުރިހޯދައި މިސްޓިކްސް ފައިނަލަށް ދަތުރުކުރިއެވެ.
މީގެ އިތުރުން މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 23 ޓީމު ވާދަކުރާއިރު، މެޗުތައް ކުރިއަށްދިޔައީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެލްކިއު ސްޕޯޓްސް ކުލަބާއި ލެންސާސް ބާސްކެޓްބޯލް ކުލަބު ވާދަކޮށް، 69-75 ފޮއިންޓުން ކުރި ހޯދީ އެލްކިއުއެވެ. ސެމީގެ ދެވަނަ މެޗުގައި ސްޕާޓަންސް ސްޕޯޓްސް ކުލަބުގެ މައްޗަށް ނެޓްސް ބާސްކެޓްބޯލް ކުލަބު ކުރި ހޯދީ 61-75 ޕޮއިންޓުންނެވެ.