ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯއާ ބައްދަލުކުރައްވައި، ފަންޑުގެ އެހީއަށް ރައީސް ޝުކުރު އަދާާކުރައްވައިފި

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯއާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑެތި އެހީތައް ފޯރުކޮށްދޭ މާލީ އިދާރާތަކުގެ ތެރޭގައި ގުނައިލެވޭ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނިޝާން މުލީގޭ ޝަރަފުގެ އިއްޒްތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މުރުޝިދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި ރައީސްވަނީ ރާއްޖޭގެ މިނިވިން ދުވަހުގެ އިހުތިފާލުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ފަންޑުގެ ވަފުދެއް ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ރައީސްވަނީ ޝުކުރު އަދާކުރެއްވިއެވެ. 

މި ބައްދަލުވުގައި ސައުދީ ފަންޑުގެ ސީއީއޯ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމުގައި ގަބޫލުކުރައްވާ ކަމަަށް ވިދާޅުވިއެވެ. 

ރައީސްވަނީ ޖުމްލަކޮށް ސައުދީ ފަންޑުން ދެމުންދާ އެހީތެރިކަން އަދި ހާއްސަަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި، އެ ފަންޑުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

އަދި ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯވަނީ އެ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ކުރިއެރުން ވަރަށް ގާތުން ސައުދީ އަރަބިއްޔާގެ ޝާހީ ދަރުބާރުން ބައްލަވަމުންގެންދަވާ ަކމށް ވިދާޅުވެފައެވެ. 

މީގެ އިތުރުން، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ މެދު، މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު