ENGLISH
10 ސެޕްޓެމްބަރު 2025
ހެވިކަމުގެ ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތަކާއެކު މިނިވަންދުވަހުގެ ރަސްމީ އިހުތިފާލުތައް ބާއްވައިފި
26 ޖުލައި 2025
|
މިނިވަންދުވަހުގެ އިހުތިފާލުތަކުގައި ރައީސް އަދި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
ހެވިކަމުގެ ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތަކާއެކު މިނިވަންދުވަހުގެ ރަސްމީ އިހުތިފާލުތައް މިއަދު ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެމަރިފިކަނބަލުންނާއި އެމަނިކުފާނުގެ ދައުވަތުފުޅަކަށް ރާއްޖެއަށް ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އިންޑިޔާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންފައިވެއެވެ.
އޭގެ އިތުރަށް މިފަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސުންނަށް ސަރުކާރު ދައުވަތު އަރުވާފައިވާއިރު، ކުރީގެ ރައީސުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ރައީސުންގެ އިތުރަށް ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ދިފާއީ ބާރުގެ ފަރާތުން ސިފައިންގެ ހެވިކަމުގެ ހަރަަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ސްކޫލު ކުދިންގެ ހަރަކާތްތަކެއްވެސް ބާއްވާފައިވެއެވެ. އޭގެ އިިތުރަށް މަލިކު ދަނޑިޖެހުމުގެ ހަރަކާތްތަކާއި، ބޮޑުބެރު ހަރަކާތްތައްވެސް ބާއްވާފައިވެއެވެ.
މިރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ.މުޢިއްޒުވަނީ ރާއްޖެއާއި ބޭރުގެ މީޑިޔާއަށް ބަސްދީގަތުމެއް ދެއްވާފައެވެ.