ENGLISH

27 ޖުލައި 2025

Advertisement

އެންގުން ބާތިލުކޮށް މިއަދު ވެހިކަލް ދުއްވޭ ގޮތް ހަދައިފި

26 ޖުލައި 2025

|

އަޙުމަދު ޙަމީދު

ފައިމަގުގައި ހިނގާފައި އުޅެން ހަމަޖެއްސި ވަގުތެއްގައި ގިނަ ބަޔަކު މާލޭގެ މަގުމަތީގައި -- ފައިލް ފޮޓޯ

އެންގުން ބާތިލުކޮށް މިއަދު ވެހިކަލް ދުއްވޭ ގޮތް ހަދައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޖުލައި 26 ވަނަ ދުވަހު 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން މިހާރު ވަނީ ބާތިލުކޮށްފައި ކަމަށެވެ.

‏އެހެންކަމުން، މި ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވާ ކަމަށެވެ.

ވެހިކަލް މަނާ ގަޑިތަކެއް ކަނޑައެޅީ މިނިވަން ދުވަހާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ. އަދި މި ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ކުރީން ބުންޏެވެ.

އަދި އޮތްގޮތުން ޖުލައި 27 ވަނަ ދުވަހު ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު, އިރޮއޮއްސި 6:00 އިން މެންދަމު 12:00 އަށް ދުއްވުން އޮތީ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު