ENGLISH

27 ޖުލައި 2025

Advertisement

ރާއްޖޭގެ ދަރަންޏަށް ލުޔެއް؛ އިންޑިޔާގެ އެލްއޯސީ އަދާކުރުމުގައި ބޮޑު ފަސޭހައެއް ހަމަޖައްސައިފި

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޢިއްޒާއި ބޮޑުވަޒީރު މޯދީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް އިންޑިޔާއިން ދީފައިވާ ދަރަނި އަދާކުރުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމަށް އެ ގައުމުން ނިންމައިފިއެވެ. 

އިންޑިޔާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލައިން އޮފް ކްރެޑިޓް އަދާކުރުމުގައި ލުއިތަކެއް ދިނުމަށް އެ ގައުމުން ނިންމީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާައެކު ކުރިއަށްގެންެދެވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ. 

އިންޑިޔާގެ ފޮރިން ސެކްރެޓަަރީ ވިކްރަމް މިސްރީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިންޑިޔާއިން ނަގާފައިވާ ދަރަނި ދެއްކުމަށް އެ ގައުމުން ހަމަޖައްސައިދޭ ލުއީގެ ސަބަބުން، ރާއްޖެއިން ކޮންމެ އަހަރަކު ދައްކަންޖެހޭ ފައިސާގެ ނިސްބަތް 40 އިންސައްތަ ދަށްވާނެ ކަމަށެވެ. 

މި ބަދަލާއެކު އަހަރަކު 51 މިލިއަން ޑޮލަރު ދެއްކުމުގެ ބަދަލުގައި ރާއްޖެއިން ދައްކަންޖެހޭނީ 29 މިލިއަން ޑޮލަރު ކަމށްވެސް މިސްރީ ވިދާޅުވިއެވެ. 

މިސްރީ ފާހަގަކުރެއްވި ގޮތުގައި އިންޑިޔާއިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައިދިން ނަމަވެަް އެ އެލްއޯސީގެ ދަށުން ބައެއް މަޝްރޫއުތައް ހިންގުނު ނަމަވެސް، އެކި ސަބަބުތަަކާހުރެ ރާއްޖެއަށް ހިންގާނެ މަޝްރޫއުތައް އެކީ ކަނޑައަޅައި ނިންމައިނުލެވުމުގެ ސަބަބުން އެ އެލްއޯސީގެ ދެބައިކުޅަ އެއްބައި ހުރީ ބޭނުންނުކުރެވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެލްއޯސީގެ ޝަރުތުތައް ހުރި ގޮތުން އެ އެލްއޯސީގެ ދަށުން ނަގާފައިވާ ފައިސާ އަނބުރާ ދައްކަން މިހާރު ފަށަންޖެހިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަަތަށް ރިއާޔަތްކުރުމަށްފަހު، އެ އެލްއޯސީ ދެއްކުމާމެދު ހާއްސަ ގޮތަކަށް އަމަލުުކުރަން ނިންމާފައިވާ ކަމަށެވެ. 

އަދި އެ އެއްބަސްވުމަށް ގެނައި އިސްލާހަކީ އެ އެލްއޯސީ ބަންދުކޮށް ރާއްޖެއިން ދައްކަންޖެހޭ ފައިސާގެ އަދަދު މަދުކުރުމަށް ގެނައި އިސްލާހެއް ކަމުގައި މިސްރީ ވިދާޅުވިއެވެ. 

އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކުގެ ގިނަކަމާއެކު، އިތުރު ލައިން އޮފް ކްރެޑިޓެއްގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށާއި، އެ ލައިން އޮފް ކްރެޑިޓުގެ ފައިސާ ގުނާނީ އިންޑިޔާ ރުޕީސްއިން ކަމަށާއި، އެއީ ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު ރާއްޖެއަށް ފަހި ގޮތެއް ކަމުގައި މިސްރީ ފާހަގަކުރެއްވިއެވެ. 

އިއްޔެ އިންޑިޔާއާއި ރާއްޖެއާ ދެމެދު 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން ހަމަޖެހޭ ފައިސާ ބޭނުންކުރެވިގެންދާނީ ސަރުކާރުގެ މުހިއްމު ސިޔާސަަތުތައް ތަންފީޒުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު